މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލައް ހިނަވާގެ ވަށާފާރު ރާނާދޭނޭ ފަރާތެއް ހޯދުން

މުލަކަތޮޅު މުލަކު ހިނަވާގެ ވަށާފާރު ރާނާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ފެބުރުވަރި 17 ން 2022 ފެބުރުވަރީ 27 ވަނަދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  • ·         "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.gle/K3vhn3t5JKNoQzfs6

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުވަރީ 28 ވަނަ ދުވަހުގެކުރިން މި އިޢުލާމުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މިޓީން 2022 ފެބުރުއަރީ 27 ވަނަ ދުވަހުގެ 13:00 ގައި މުލަކު ކައުންސިލުގެ ޖަލްސާ ކުރާމާލަމުގައި އޮނާނެއެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރޗް 06 ވަނަ ދުވަހުގެ 10:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ·         މުލަކަތޮޅު މުލަކުކައުންސިލް އިދާރާ
  • ·         މ. މުލައް
  • ·         ފޯން: 7547498 / 6723722
  • ·         އީމެއިލް: [email protected]

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

17 ފެބުރުވަރީ 2022
ހޯދާ