މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް: އީ.އެކްސް.3 (އެގްޒެކެޓިވް ސަރވިސް 3)

މުސާރަ

މަހަކު 11,065.00 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު 2,000.00 ރުފިޔާ 

ސެކްޝަން/  އޮފީސް/ ތަން

އެޑްމިން އެންޑް ފައިނޭންސް / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަޤާމުގެ މަސްއޫލިއްޔަތު

އެޑްމިން އަދި ފައިނޭންސް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ހިންގުމާއި، ބެލެހެއްޓުން

މަޤާމުގެ ޝަރުޠު

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

          އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ  ކަންތައްތައް

1-  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3-  ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ  އިންސައްތަ %35 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ޓްރާންސްޕޯޓްގެ އޮތޯރިޓީގެ ޒިންމާދާރު އސިްވެރިޔާގެ ހައިސިއްޔަތުން މަސައްކަތާ ގުޅޭގޮތުން މަސްއޫލުވެ ޒިންމާވާ މިނިސްޓަރާ ޕަރމަނަންޓް ސެކްރެޓަރީގެ ލަފަޔާ އިރުޝާދުގެމަތިން ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި، މަސައްކަތާ ގުޅޭގޮތުން މިނިސްޓަރަށާއި ޕަރމަނަންޓް ސެކްރެޓަރީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި މުވައްޒަފުގެ މަސައްކަތްތައް ވިލަރެސްކުރުމާއި ރިވިއުކުރުމާއި ޕާރފޯމަންސް އެޕްރެއިޒަލްގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

2- ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިންމާދާރުއިސްވެރިޔާގެ ހައިސިއްޔަތުން އެ އޮތޯރިޓީގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވޭނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި، އެކަންކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަދި އޮފީހުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކޮންޓްރޯލްކުރުމާއި ބަޖެޓަބެހޭ އެންމެހައި މަސައްކަތްތައް ވިލަރެސް ކުރުން.

3-  އޮތޯރިޓީގެ ބަޖެޓާއި އިންވެންޓްރީއާއި އާމްދަނީ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި އެކަމާގުޅޭ މަސައްކަތްތައް ވިލަރެސްކުރުން.

4- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާއަދާކުރުން

5- ޓްރާންސްޕޯޓް އޮތޯރިޓީގެ އެންމެހައި މަސައްކަތްތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ބޭނުންވާ ކަންތައްތައް ކުރިއަށް ރޭވުމާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ބެލެހެއްޓުން

6-  ޓްރާންސްޕޯޓް އޮތޯރިޓީގެ ވިޝަންއާއި މިޝަންގެ މައްޗަށް އެކުލަވާލެވޭ ސްޓްރެޓެޖިކް ޕްލޭންގެ ލަޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން.

7- މުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކުރުމާއި ރިވިއުކުރުމަމާއި ޕާރފޯމަންސް އެޕްރެއިޒަލްގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައިކޮށް ނިންމުން.

ޢިނާޔަތްތައް

ފޯން އެލަވަަންސްގެ ގޮތުގައި ކޮންމެމަހަކު 350.00 ރުފިޔާ އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

         ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއ،ި ޓްރާންސްކްރިޕްޓްތަކާއި، އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)

ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

03 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސް ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު  ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގގެ 01 ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު

1-       އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.

2-       ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.

3-       މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.

 

18 އޮގަސްޓް 2014
ހޯދާ