މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގައި ކުއްޔަށް ދޫކުރުމަށް ޤާއިމްކުރެވިފައިވާ ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމާއި ގުޅޭ.

  

   މާލެ ސިޓީ ކައުންސިލްގެ ނަންބަރ: (IUL)425-CB/1/2022/53 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

   މާލެ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިންގ ޒޯނަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ ލިންކަށް ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ލިންކް ވަނީ މިވަގުތަށް ބަންދު ކުރެވިފައެވެ. ވީމާ، ވީހާ އަވަސް ފުރުސަތެއްގައި ލިންކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން މާދަމާ (17 ފެބްރުއަރީ 2022) ވާ ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި ހުޅުވާލާނެ ވާހަކަ ދެންނެވީމެވެ.

   މި ދިމާވި ޓެކްނިކަލް މައްސަލައަށް އެންމެހާ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

16 ފެބުރުވަރީ 2022
ހޯދާ