މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު 11.10 ގޭގެ ރަޖިސްޓްރީ ކުރުމާއި ބެހޭ

 

އިޢުލާން

 

                        ރ.ދުވާފަރު 11.10 ނަމްބަރުގޭ ރ. ކަނދޮޅުދޫ  ދޫރެސްގެ، އަލްފާޟިލް އިސްމާޢީލް މަޙްމޫދު އާއި ރ.ކަނދޮޅުދޫ ފެހިހިޔާގެ ޙައްވާ އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2022 ފެބްރުއަރީ 24 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                        މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 11.10 ނަމްބަރުގޭ ރ. ކަނދޮޅުދޫ  ދޫރެސްގެ، އަލްފާޟިލް އިސްމާޢީލް މަޙްމޫދު އާއި ރ.ކަނދޮޅުދޫ ފެހިހިޔާގެ ޙައްވާ އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                                

                                 15 ރަޖަބް      1443

                                 16 ފެބްރުއަރީ    2022

16 ފެބުރުވަރީ 2022
ހޯދާ