ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން
މިރަށުގެ ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ބަނދަރު މޫނުމައްޗައް ވާގޮތަށް(އާއްމު ފިޔަފާރި / ފިހާރަ) ހެދުމަށް އޮތް 4 ބިމާއި މިހާރު ދޫކޮށްފައިވާ ތެޔޮ ގުދަނުގެ ދެކުނުން އޮތްބިން (ޖުމްލަ 5 ބިން) ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. މިބިންތައް ދޫކުރުމަށްހަމަޖެހިފައިވަނީ އެންމެ ކުޑަވެގެން އަކަފޫޓަކަށް މަހަކު 60.ލ (ފަސްދޮޅަސް ލާރި) ގެ ރޭޓުން 10 އަހަރުގެ މުއްދަތަށެވެ.
ވީމާ، ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ފެބްރުއަރީ 17 އިން 2022 ފެބްރުއަރީ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުއަރީ 28 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
- ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ 2022 މާރިޗް 02 ވާ ބުދަ ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ރަސްމާދޫ ކައުންސިލް އިދާރާ
ރ.ރަސްމާދޫ، ދިވެހިރާއްޖެ.
ފޯން: 6580049
އީ-މެއިލް: [email protected]