ދިވެހިރާއްޖެ
މޮޓޯރ އިންޝުއަރެންސް ވިއްކައިދޭނެ ޤާބިލު ސަރވިސް ޕާޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެންބަރު 2014 ވަނަ ދުވަހުގެ ކުރިން ތިރީގައިމިވާ އީމެއިލް އެޑްރެހަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑްއޮފީސް (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައި ދެއްވުން އެދެމެވެ.
[email protected] :އީމެއިލް އެޑްރެސް
އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކުންފުނީގެ ހެޑްއޮފީހުންނާއި، އެލައިޑްގެ ވެބްސައިޓުންނެވެ.
ޝަރުޠުތައް:
- 
އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
 - 
ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
 - 
ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
 - 
ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
 - 
ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
 - 
ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކްރެޑިޓް ނުވަތަ ޑެބިޓް (ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
 - 
ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުރި ފަރާތަކަށްވުން
 - 
މުޢާމަލާތް ކުރާ ފަރާތަކީ ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަ މީހެއް ކަމުގައިވުން
ހުށަހަޅަންޖެހޭ ތަކެތި:
 - 
ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
 - 
ވިޔަފާރީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
 - 
ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
 - 
ޚިދުމަތް ދޭ އައުޓްލެޓްގެ ފޮޓޯ
 
30 ރަޖަބު 1435
