ދިވެހިރާއްޖެ
އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކައިދޭނެ ޤާބިލު ސަރވިސް ޕާޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެންބަރު 2014 ވަނަ ދުވަހުގެ ކުރިން ތިރީގައި މިވާ އީމެއިލް އެޑްރެހަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑްއޮފީސް (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައި ދެއްވުން އެދެމެވެ.
[email protected]:އީމެއިލް އެޑްރެސް
އެޕްލިކޭޝަން ފޯމު މިކުންފުނީގެ މައި އޮފީހުންނާއި، އެލައިޑްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރުޠުތައް:
- 
އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
 - 
ކޮމްޕިއުޓަރ ސިސްޓަމް އަދި ޕްރިންޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
 - 
ރެޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
 - 
ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
 - 
ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
 - 
ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކްރެޑިޓް ނުވަތަ ޑެބިޓް (ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
 - 
ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުރި ފަރާތަކަށްވުން
 - 
މުއާމަލާތް ކުރާ ފަރާތަކީ ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަ މީހެއް ކަމުގައިވުން
ހުށަހަޅަންޖެހޭ ތަކެތި:
 - 
ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
 - 
ވިޔަފާރީގެ ރެޖިސްޓްރޭޝަނުގެ ކޮޕީ
 - 
ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
 - 
ޚިދުމަތް ދޭ އައުޓްލެޓް/ އޮފީހުގެ ފޮޓޯ
 
30 ރަޖަބު 1435
