ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ ފެނައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ

އިޢްލާން

 

ވ.ތިނަދޫ ފެނައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ގުޅޭ

 

          ވ.ތިނަދޫ ފެނައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ފެން މީޓަރާއި،ނަރުދަމާގެ ޖަންކްޝަން (ޗެކްޕިޓް) ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ.

            އެޕްލިކޭޝަންފޯމް ހުށަހެޅުމުގައި،ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހެނީ މިކަމަށްޓަކާ މިހާރު ޢަމަލު ކުރެވެމުންދާ ޤަވާއިދު ނަންބަރު 10-R/2020 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން ގުޅާއިދިނުމުގައި ބެލެވޭނީ މި ޤަވާއިދުގެ 6 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމް ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި، އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

          ވީމާ، މި ޤަވައިދާ އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު 09 ފެބުރުއަރީ 2022 ފެށިގެން 31 މާރިޗް 2022 ގެ ނިޔަލަށް ހުޅުވާލެވިފާއިވާކަން ޢާންމުކޮށް އެންގުމަށްޓަކައި  އިޢްލާން ކުރީމެވެ.

 

           

              08  ރަޖަބު     1443 ހ

             09  ފެބުރުއަރީ  2022 މ

09 ފެބުރުވަރީ 2022
ހޯދާ