ދިވެހިރާއްޖެ
ގޯތި ކޮމެޓީ އެކުލަވާލުން
މިއިދާރާގެ ނަންބަރ: (IUL)419-ESMSPL/419/2019/33 (13 ސެޕްޓެމްބަރ 2019) އިއުލާން އިން ގދ.ގައްދޫއިން 13 ގޯތި ދިނުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ފޯމް ހުށަހަޅާފައިވާ 122 (ސަތޭކަ ބާވީސް) ފޯމަށް މާކްސް ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ގޯތި ކޮމެޓީއެއް އެކުލަވާލަން ބޭނުންވެއެވެ. ވީމާ ގޯތި ކޮމެޓީގައި މަސައްކަތް ކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން 24 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިތީގައިވާ މަޢުލޫމާތާއިއެކު ލިޔުމުން މިއިދާރާއަށް ހުށަހެޅުން އެދެމެވެ.
- ބޭނުންވާ އަދަދު 04 (ހަތަރެއް)
ކޮމެޓީގައި ހިމެނުމަށް އެދި ހުށަހަޅާފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:
- ލިޔަންކިޔަން އެގުން.
- ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތަކަށް ނުވުން.
ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:
- ފުރިހަމަނަން - ދާއިމީ އެޑްރެސް
- މިހާރުއުޅޭ އެޑްރެސް - އައިޑީކާޑު ނަންބަރ
- ގުޅޭނެ ނަންބަރ - އީމެއިލް އެޑްރެސް
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
15 ފެބުރުވަރީ 2022