ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި ސޯލާ ޕެނަލް ހަރުކުރުމާއި ގުޅޭ.

މިކައުންސިލް އިދާރާގެ ނަންބަރު: (IUL)417-CA/417/2022/5 (17 ޖަނަވަރީ 2022) އިޢުލާނުގައި ބައެއް މުޙިއްމު މަޢުލޫމާތުތައް ހިމެނިފައިނުވާތީ، އެ އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތައް ބާޠިލުކޮށް ތިރީގައިމިވާ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމާއި އަދި އެ ތަކެތި އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި ކަންކަން ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

10KW Three Phase Grid Tied Roof to PV System photovoltaic Module(500W)

Cell per module: 150 Cells

Module Efficiency: 20.7%

Type: Monocrystalline

ވީމާ، މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 2022 ފެބުރުވަރީ 23 ވަނަ ދުވަހުގެ 13:15 އަށް މި އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  1. އަންދާސީ ހިސާބު ހުށަހަޅާއިރު މަސައްކަތް ކުރުމަށް ހިނގާނެކަމަށް ލަފާކުރެވޭ އަގާއި، މުއްދަތު އަދި ހުށަހަޅާފަރާތުގެ ސޮއި ޖަހާފައި އޮންނަންވާނެއެވެ. (މި މަޢުލޫމާތު ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.)
  2. ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅަންވާނީ ބައިންޑްކޮށް ނުވަތަ ހީރަސްޖަހާ ގަނޑުތައް ފަސޭހައިން ނުނެއްޓޭނެގޮތަށް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ހޯނޑެއްދޫ ކައުންސިލް އިދާރާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް" އަދި ފޮނުވާފަރާތުގެ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
  3. 2 ވަނަ ނަންބަރުގައިވާ ގޮތާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި ގަޑި ޖެހުމުގެ ކުރިން އަދި ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
  4. ކޮންމެ ފަރާތަކަށް ގިނަވެގެން ހުށަހެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ.
  5. އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
  6. ހުށަހަޅާ އަންދާސީ ހިސާބަށް (ވެލިޑިޓީގެ ގޮތުގައި) 90 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިއްޖެނަމަ ހުށަހަޅާފައިވާ އަގުތަކުގައި މަސައްކަތް ކޮށްދޭންވާނެއެވެ.
  7. އަންދާސީ ހިސާބާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ވިޔަފާރީގެ ޕްރޮފައިލް (މިބާވަތުގެ މަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުން/ލިޔުންތަކާއެކު) ހުށަހަޅަންވާނެއެވެ.
  8. މެއިން ޑިސްޓްރިބިއުޝަން ފޮއްޓާއި ސޯލާ ޕެލަން ހަރުކުރާ އިމާރާތާއި ދެމެދު ކޮނެގެން ވައިރެއް އަޅަންޖެހޭނަމަ ގާތްގަނޑަކަށް 115 ފޫޓް ކޮންނަން ޖެހޭނެއެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގު: %75  އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

މުއްދަތު: %5   އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

ތަޖުރިބާ:   ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން ގިނަ ލިޔުންތައް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް (މިގޮތުން ޕޮއިންޓް/މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވަގެން 5 ލިޔުމަށް، ލިޔުމަކަށް 2 ޕޮއިންޓް/މާކްސް ލިބޭގޮތަށް)

ވޮރެންޓީ: ވޮރެންޓީގެ ގޮތުގައި އެންމެ ގިނަ އަހަރުދުވަސް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް.

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ނޯޓް:މިޕޯޓަލް އިން ތަޖުރިބާގެ މާކްސް އާއި ވޮރެންޓީ މާކްސް ނުފެންނާތީ، އިޢުލާންގެ ސްކޭން ކޮޕީ އެޓޭޗްކުރެވިފައިވާނެއެވެ.

15 ފެބުރުވަރީ 2022
ހޯދާ