ދިވެހިރާއްޖެ
(IUL)38-AD/38/2022/48 :ނަންބަރު
އިޢުލާނު
ކޮމިޝަނުގެއައި.ސީ.ޓީ ޑިވިޜަން މަރާމާތުކުރާނެ ފަރާތެއް ހޯދުން
މި ކޮމިޝަނުގެ އައި.ސީ.ޓީ ޑިވިޜަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)38-AD/38/2022/44 (09 ފެބުރުވަރީ 2022) އިޢުލާނާއެކު އާއްމު ކޮށްފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ މި ދެންނެވި އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2022 ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ބީލަން ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 27 ވާ އާދިއްތަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
