ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ރައްވެހިގެ ރެސްޓޯރަންޓް އިމާރާތް ކުއްޔަށް ދިނުން

ހދ އަތޮޅު ރައްވެހިގެ ރެސްޓޯރަންޓް އިމާރާތް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 16 ފެބުރުއަރީ 2022 ން ފެށިގެން 24 ފެބުރުއަރީ  2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 23 ފެބުރުއަރީ 2022 ވާ ބުދަ ދުވަހުގެ 10:30 ގައި މި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 27 ފެބުރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

   އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

   ފޯން: 6521646 ، 6521643

   އީމެއިލް: [email protected]

15 ފެބުރުވަރީ 2022
ހޯދާ