މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު :2

ނޯޓް

 މި ކުންފުނިން ކޮށްފައިވާ ނަންބަރު އިޢުލާން IUL)113-HRD/1/2021/134)   ބާތިލްކޮށް  އަލުން އިއުލާން ކުރީމެވެ.

މުސާރަ އާއި އެހެނިހެން އިނާޔަތްތައް:

 -/25,000ރ -/30,000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

މުއްދަތު:

 ކޮންޓްރެކްޓް

ޝަރުތު:

- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 09 ގެ   ސަނަދެއް ހާސިލް ކޮއްފައިވުމާއި އެކު،

- ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ   މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއިން ޤައުމީ   ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ގެ ސަނަދެއް ހާސިލް ކޮއްފައިވުމާއި އެކު،

- ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ   މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އެމް.ޕީ.އެލް އިން ހިންގާ ޕްރޮޖެކްޓްތަކުގެ، އޮޕަރޭޝަނަލް މެނޭޖްމަންޓް ރޯލް   ލިޔެކިޔުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގުން.

- ޕްރޮޖެކްޓްތަކާއި، ޕްރޮޖެކްޓް ޔުނިޓްގެ މަސައްކަތު ސެޝަންތަކާއި، ބައްދަލުވުންތައް   އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކޮށް އަދި ސެމިނަރތައް ބޭއްވުން.

- ޕްރޮޖެކްޓްގެ ހަރަކާތްތައް އެކަށީގެންވާ އަވަސް ގޮތެއްގައި ތަންފީޒުކުރެވޭކަން   ކަށަވަރުކުރުމަށްޓަކައި ޕްރޮޖެކްޓް ސްޓޭކް ހޯލްޑަރުންނާއި ކޯޑިނޭޓަރުންނާއި މުޢާމަލާތުކުރުން.

- ޕްރޮޖެކްޓްތަކާއި، ޕްރޮޖެކްޓް ޔުނިޓްގެ ޑެއިލީ، ވީކްލީ، މަންތްލީ އަދި ކުއާޓާލީ ރިޕޯޓްތައް   ތައްޔާރުކުރުން.

- ޕްރޮޖެކްޓް ރިސްކްތައް ދެނެގަނެ، އެ ރިސްކުތައް މެނޭޖްކޮށް މޮނިޓަރކޮށް، ކަމާބެހޭ   އިދާރާތަކަށާއި އެމް.ޕީ.އެލް މެނޭޖްމަންޓަށް އައު ރިސްކް/އިޝޫތައް އަންގައި އަދި   ރިސްކުތަށް މެނޭޖްކުރުން.

- ކޮންޓްރެކްޓަރ ހުށަހަޅާ ކޮންސްޓްރަކްޝަން އާއި ގުޅޭ ލިޔެކިޔުންތައް މުރާޖަޢާކޮށް،   ޕްރޮޖެކްޓް ގެ މަސައްކަތް އޮމާންކަމާއި އެކު ނިންމުމަށް ބޭނުންވާ ލަފާ ދިނުން.

- މާލެ ސަރަޙައްދުގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ސައިޓް ވިޒިޓްތައް ރާވައި، އެ   ވިޒިޓްތަކުގައި ބައިވެރިވުން، އަދި ރިޕޯޓް ތައްޔާރުކުރުން.

- ރީޖަނަލް ޕޯޓްތަކުގައި، އަދި އޭގެ އިތުރުން މިކުންފުނީގެ ބެލުމުގެ ދަށުން، އެހެނިހެން   ރައްރަށުގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ސައިޓް ވިޒިޓްތައް ރާވައި، އެ ވިޒިޓްތަކުގައި   ބައިވެރިވުން، އަދި ރިޕޯޓް ތައްޔާރުކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 15:30ގެ ކުރިން.

އިންޓަރވިއު މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ފެބުރުވަރީ 20 އާއި   2022 މާރިޗު 28 އާއި  ދެމެދުގައެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ.   އަދި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް  ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

 

 


 
 

 

15 ފެބުރުވަރީ 2022
ހޯދާ