މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޙާޟިރުކުރެވޭ މީހުންނާއިމެދު ނ.ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ޢަމަލުކުރުމާއިބެހޭގޮތުން ހެދިފައިވާ އުޞޫލް ޢާއްމުކުރުމަށް ކުރެވޭ އިޢުލާން
މިލަދުންމަޑުލުދެކުނުބުރީ ޅޮހީ މެޖިސްޓްރޭޓް ކޯޓު
ނ.ޅޮހީ
ދިވެހިރާއްޖެ
އިޢުލާން
ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޙާޟިރުކުރެވޭ މީހުންނާއިމެދު ނ.ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ޢަމަލުކުރުމާއިބެހޭގޮތުން ހެދިފައިވާ ނަމްބަރު D9C/2022/01 އުޞޫލު، 15 ފެބުރުވަރީ 2022 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާޢިރު ކުރެވިފައިވާތީ، އެދުވަހުން ފެށިގެން ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމުގައި ނ.ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ޢަމަލުކުރަމުން ގެންދާނީ މިދެންނެވި އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ކަމުގައި އަންގާ އިޢުލާންކުރީމެވެ.
އެހެންކަމުން މީގެކުރިން ނ.ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ބަންދާއިމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަމުން ގެންދިޔަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު D12C-A/2021/2 އިޢުލާންގައި ކަނޑައަޅާފައިވާ އުޞޫލުތައް ބާތިލް ވީކަމުގައިވެސް ދެންނެވީމެވެ.
15 ފެބުރުވަރީ 2022
ހޯދާ