ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2022/12(IUL)
އިޢުލާން
ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ
މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި، ފެހިކުލައިގެ ދަވާދުން ބަންދުއަޅައި 1 އިން 4 އަށް ނަމްބަރު ޖަހާފައި ހުރި ފޯދުނު 4 ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.
ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާ މިރަށު ފުޓްބޯޅަ ދަނޑުގެ އިރު ދެކުނު ފަރާތުގައި ޓޭޕް ދަމައިގެން ފާހަގަ ކޮށްފައިވާ ސަރަހައްދުގައި ފެހިކުލައިގެ ދަވާދުން ބަންދުއަޅައި 1 އިން 4 އަށް ނަމްބަރު ޖަހާފައި ހުރި ފޯދުނު 4 ރުކުގެ ވެރިފަރާތައް 23 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.