ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކޯޕަރޭޝަނަށް ލޭންޑިންގ ކްރާފްޓެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2014/25 (08 އެޕްރީލް 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 31 އޮގަސްޓު 2014 އިން 02 ސެޕްޓެންބަރު 2014 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މިފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. އަދި ބީލަން ފޮތާބެހޭ މަޢުލޫމާތު މިކޯޕަރޭޝަންގެ ވެބްސައިޓް www.mrdc.com.mv އިން ފެނިވަޑައިގަންނަވާނެއެވެ.
ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާކަމެކެވެ.
ބިޑް ހުށަހަޅުއްވާނީ 11 ސެޕްޓެންބަރު 2014 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި އެވާ އެޑްރެހަށެވެ.
ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެ ސިޓީއުރައެއްގައި ބަންދު ކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ލޭންޑިންގ ކްރާފްޓެއް ގަތުން: 11 ސެޕްޓެންބަރު 2014 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި އެވާ އެޑްރެހަށެވެ.
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް# 385، މާފަތްތަކުރުފާނުމަގު
މައްޗަންގޮޅި، ޕޯސްޓަލް ކޯޑް: 20386،
މާލެ، ދިވެހިރާއްޖެ
ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 11 ސެޕްޓެންބަރު 2014 ގެ 13:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަން ފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.
ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީއިން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާކުރައްވާ ފަރާތަކާ މަސައްކަތް ޙަވާލުކުރާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި އެވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
ފޯން: 3320657 960+ ނުވަތަ 3312904 960+
ފެކްސް: 3317133 960+
އީ-މެއިލް: [email protected]
ވެބްސައިޓް: www.mrdc.com.mv
23 ޝައްވާލު 1435