ދިވެހިރާއްޖެ
(IUL)405-A/2022/07
އިއުލާން
ލ. ކުނަހަންދޫ ރ.މ އަދި ދަތްތުނޑީ ރުއްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ
1- ލ.ކުނަހަންދޫގެ ރ.މ ރުއްތަކާއި ދަތްތުނޑީ ރުއްތަށް 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ
ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ
ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ
ފަރާތްތަކަށެވެ.
2- މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 15 ފެބްރުއަރީ 2022 ން 23 ފެބްރުއަރީ 2022ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން
14:00 އަށް މިކައުންސިލްގެ ނަންބަރ (9995970) ފޯނަށް ގުޅުއްވައިގެން ނުވަތަ މިކައުންސިލްށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
3- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުއަރީ 23 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ލިޔުމަކުން
ހުށަހެޅުމަށް ދައްނަވަމެވެ.
4- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ފެބްރުއަރީ 25 ވަނަ ދުވަހުގެ 14:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
5- ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
13 ރަޖަބް 1443
14 ފެބްރުއަރީ 2022
އިބްރާހިމް ޝަކީބް
ކައުންސިލްގެ ރައީސް