ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް މެންބަރެއް ހޯދުން

ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ގަވާއިދު (ނަންބަރު: R-585/2013) ގެ ދަށުން، ކެޕިޓަލް މާކެޓާގުޅޭ ކަންކަމުގައި އޮތޯރިޓީއަށް ބޭނުންވާ ލަފާދިނުމަށް އެކުލަވާލާފައިވާ ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގައި ހުސްވެފައިވާ ޖާގައަށް 01 (އެކެއް) ބޭފުޅަކު ހޯދަން ބޭނުންވެއެވެ. މި ކައުންސިލްގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.  

ޝަރުޠުތައް:

  • ޝަރީޢާއިން މާސްޓަރޒް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ؛
  • ބައިނަލްއަޤްވާމީ ސެކިއުރިޓީޒް ކޮމިޝަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއް ކަމުގައިވުން، އަދި؛
  • އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ތަޖުރިބާ، އިސްލާމިކް ކެޕިޓަލް މާކެޓްގެ ދާއިރާއިން، ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވާކަމަށް، އޮތޯރިޓީއަށް ފެނުން؛
  • އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް، ނުވަތަ އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ދާއިމީ މުވައްޒަފަކަށް ނުވުން، އަދި އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ބޯޑުގެ ޑިރެކްޓަރަކަށް ނުވުން.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  • ސީ.ވީ އަދި އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް
  • ރިފަރަންސްގެ ތަފްޞީލް

އިނާޔަތްތައް:

  • ކައުންސިލްގެ ކޮންމެ ބައްދަލުވުމަކަށް 1,500.00 ރ.

ވީމާ، ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި އޮތޯރިޓީގެ ނަންބަރު 3014104 ފޯނަށް ގުޅުއްވުން އެދެމެވެ.

ނޯޓު:

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

24 ޝައްވާލް 1435

20 އޮގަސްޓް 2014
ހޯދާ