ދިވެހިރާއްޖެ
(IUL)405-A/2022/06
އިޢުލާން
ބޮޑުހިންނޭގަ ހުރި ރުއްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ
1- ލ.ކުނަހަންދޫގެ ބޮޑުހިންނޭ ސަރަހައްދުގައި ހުރި ރުއްތަށް 03(ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ
ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ
ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ
ފަރާތްތަކަށެވެ.
2- މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 15 ފެބްރުއަރީ 2022 ން 23 ފެބްރުއަރީ 2022ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00
އަށް މިކައުންސިލްގެ ނަންބަރ (9995970) ފޯނަށް ގުޅުއްވައިގެން ނުވަތަ މިކައުންސިލްށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
3- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022ފެބްރުއަރީ 23 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ލިޔުމަކުން ހުށަހެޅުމަށް
ދައްނަވަމެވެ.
4- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022ފެބްރުއަރީ 25 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
5- ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
6- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
13 ރަޖަބްް 1443
14 ފެބްރުއަރީ 2022