މަޤާމުގެ ނަން: ސީނިއަރ ލެބޯރެޓަރީ އެސިސްޓެންޓް މަޤާމު އޮތް އޮފީސް: ހިރިޔާ ސްކޫލް
މުސާރަ: -/5020 ސަރވިސް އެލަވަންސް: -/1500
އަދަދު: 01 (އެކެއް) ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: އެކަޑަމިކް
ވަޒީފާއަދާކުރަންޖެހޭ ތަން: ހިރިޔާ ސްކޫލް / ކ. މާލެ ރޭންކް: ޖީ. އެސް 4
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑު ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑު ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން އިނާޔަތްތައް:
|
ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސް އާއި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ލެބޯޓްރީ ބޭނުންކުރުމަށްޓަކައި، ލެބޯޓްރީ ތައްޔާރު ކުރުމާއި ޕްރެކްޓިކަލް ހެދުމަށްޓަކައި ޓީޗަރުންނާއި ދަރިވަރުންނަށް އެހީތެރިވެދިނުމާއި ރިކޯޑު ބެލެހެއްޓުން.
- ކްލާސްތަކުގައި ޕްރެކްޓިކަލް ހަދަން ބޭނުންވާ ޓީޗަރުންނަށް ޕްރެކްޓިކަލް އަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް އެތަކެތީގެ ރިކޯޑު ބެލެހެއްޓުން.
- ލެބޯޓްރީގެ އިންވެންޓްރީ ނަގައި ބެލެހެއްޓުން.
- ލެބޯޓްރީއަށް ހޯދަން ބޭނުންވާ ކެމިކަލް އާއި ބޭނުންކުރާ އިކުއިޕްމަންޓު، މާއްދާ ކިޔަވާދެއްވާ ޓީޗަރުންގެ ލަފާގެމަތިން ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން.
- ލެބޯޓްރީގެ ހުންނަ ކެމިކަލް ތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކޮށް ބެލެހެއްޓުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ސުންގަޑި:
|
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 31 އޮގަސްޓް 2014 ވާ އާދީއްތަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓް: ވަޒީފާއަށް އެދޭ ފޯމު ހިރިޔާ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ.
- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ހިރިޔާ ސްކޫލްގައެވެ.
- އަދި މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިއާ އެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3307500 ނަންބަރާ ގުޅުއްވުން އެދެމެވެ.
|