މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް މިކައުންސިލްގެ ބައެއް މަރާމާތު ކުރުމާއި ބެހޭ

ނަންބަރު: IUL)272-CA/272/2022/11)

އިޢުލާން

މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ކައުންސިލް އިދާރާގައި ހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ނަންބަރު: (IUL)272-CA/272/2021/47 (26 ޑިސެމްބަރ 2021) އިޢުލާނާއި ގުޅިގެން

އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދަންބޭނުން ވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެންވަން ޝަޢުޤުވެރިވާ ފަރާތްތަކުން 22 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލްވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މިބިޑްގައި ބައިވެރި ވެވޭނީ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބިޑް ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކުފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މިލިޔުންތަށް ފުރިހަމަ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ވެސް ދެންނެވީމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

12 ރަޖަބު 1443

13 ފެބުރުއަރީ 2022

14 ފެބުރުވަރީ 2022
ހޯދާ