ދިވެހިރާއްޖެ
އިޢުލާން
ބަގީ މަރާމާތުކުރުން
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:
މި ކައުންސިލްގެ ބަގީ މަރާމާތު ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ފެބްރުއަރީ 14އިން ފެށިގެން 2022 ފެބްރުއަރީ 27 ވާ އާއްދީތަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6680542 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ބޭނުންވާ މަޢުލޫމާތެއް ސާފުކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތް ތަކުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ.
ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ބީލަންތަށް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ބިޑް ހުށަހެޅުން
މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 މާރިޗް 02 ވާ ބުދަ ދުވަހު 13.00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2022 މާރިޗް 02 ވާ ބުދަ ދުވަހު 13.00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ.
ބިޑް ހުޅުވުން
މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 މާރިޗް 02 ވާ ބުދަ ދުވަހު 13.05 ގެ ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު:
ބިޑް ސެކިއުރިޓީ |
މާލިއްޔަތުގެ ޤަވާއިދު ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާފަރާތުން ބިޑް ސެކިއުރީގެ ގޮތުގައި އެފަރާތަކުން ހުށަހަޅާ އަގުގެ %1 އަށްވާ ދިވެހި ރުފިޔާ ހުށަހަޅަން ވާނެއެވެ. |
ޕާފޯމަންސް ގެރެންޓީ |
މާލިއްޔަތުގެ ޤަވާއިދު ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި އެފަރާތަކުން ހުށަހަޅާ އަގުގެ %2 އަށްވާ ދިވެހި ރުފިޔާ ހުށަހަޅަން ވާނެއެވެ. |
އެޑްވާން ޕޭމަންޓް |
އެޑްވާންސް ޕޭމަންޓްއަށް އެދި ލައްވައިފިނަމަ މާލިއްޔަތު ޤަވާޢިދުގެ 10.67 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޑްވާންސް ޕޭމަންޓް ލިބޭނެއެވެ. |
ލިކުއުޑޭޓަސް ޑެމޭޖެސް |
އެގްރިމެންޓްގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.71 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ މަތީން ލިކުއުޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ. އަދި އެއްބަސްވުމުގެ އަގުގެ އިންސައްތައަށްވުރެ ލިކުއުޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެ ނަމަ ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކޮށް، އެއްބަސްވުން ބާޠިލް ކުރެވޭނެއެވެ. |
ނޯޓް: ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހުށަހަޅަން ވާނީ 500،000 (ފަސް ލައްކަ) ރުފިޔާ އަށް ވުރެށް ބޮޑުވާ ބީލަންތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.