ދިވެހިރާއްޖެ
ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) ލޯން އަދި ހިލޭ އެހީގެ ދަށުން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަށް ޖެންޑާ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކުލޫޝަން ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޝައުޤުވެރިކަން ހުށަހެޅުއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މިގޮތުން ޝައުޤުވެރިވެލައްވާ ފަރާތުގެ މަސައްކަތާ ގުޅޭގޮތުން ލިބިލައްވާފައިވާ ތަޖުރިބާ އާއި ތައުލީމީ ފެންވަރު އަދި މިނޫނަސް މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން އެ ފަރާތެއްގައި ހުރިކަން ސާބިތުކޮށްދެވޭނެ ކަމަށް ބެލެވޭނެ އެންމެހާ މަޢުލޫމާތު ހިމެނޭ ސީވީއެއް ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް 19 ފެބުރުވަރީ 2022 ވާ ހޮނިހިރުދުވަހުގެ 15:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ފެބްރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސީވީ ހުށަހެޅުއްވުން އެދެމެވެ. އަދި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް، މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު
މާލެ، ދިވެހިރާއްޖެ
ފޯން: 3033410
އީމެއިލް: [email protected]