ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
|
އިޢުލާނު ނަންބަރު: |
(IUL)120-D/1/2022/17 |
|
ޕްރޮޖެކްޓުގެ ނަންބަރު: |
120-D/LG /2022/NCS01 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
- މިޑިޕާޓްމަންޓުގެ އިއުލާން ނަންބަރު IUL )120-D/1/2022/4 ) އަށް ހުޅާއަޅާފައިވާ އަގުތަކަކީ އެންމެ އެކަށީގެން އަގުތަކަކަށް ނުވާތީ، މިޑިޕާޓްމަންޓުގެ އެނެކްސް، މ. ގޯލްޑަން ސަންބީމްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ސެކިއުރިޓީ ބަލަހައްޓުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ފެބްރުއަރީ 14 ން 2022 ފެބްރުއަރީ 21 ވަނަ ދުވަހުގެ12:00އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު"ގެ ލިންކު https://forms.gle/fXJXxHKBgJqvb7JR7 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ފެބްރުއަރީ 21 ވަނަ ދުވަހުގެ12:00ގެކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައިމި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 4003956/ 7912293 އިން ލިބިވަޑައިގަންނަވާނެއެވެ.
13 ރަޖަބު 1443
14 ފެބްރުއަރީ 2022
14 ފެބުރުވަރީ 2022
ހޯދާ