އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުސޫލުން މުވައްޒަފެއް ހޯދުން.

މިކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ މިސްކިތްތަކުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުން ،ވޭޖް އުސޫލުން ހޯދަން ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު :

މަސައްކަތު

ބޭނުންވާ ޢަދަދު :

1 ( އެކެއް )

ވަޒީފާ އަދާކުރަން ޖެހޭ ތަން :

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ 
މަސްޖިދުލް ތޔަޤްވާ / މަސްޖިދުލް އީސާރީ

 

ވަޒީފާ އަދާކުރާ ވަގުތު :

ދުވާލަކު 04 ގަޑިއިރު.

 

އަސާސީ މުސާރ :

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/35.65 ( ތިރީސް ފަސްރުފިޔާ ފަސްދޮޅަސް ފަސްލާރި ).

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. މިސްކިތުގެ އިންފާރު ބޭރާއި ، ގޯތިތެރެ ކުނިކަހައި ސާފުކުރުން.

2.  އިސްކުރުބަރިއާއި ފާޚާނާ ދޮވެ ސާފުކުރުން.
3. މިސްކިތާއި ގުޅުންހުރި ކައުންސިލުން ދައްކާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް :
 1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން.
3. އުމުރުން 60 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި : 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 22 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިޢިދާރާގެ އީ މެއިލް އެޑްރެހަށް ( [email protected] ) މެއިލް ކުރެއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660657 އަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

13 ރަޖަބް 1443

                              14 ފެބްރުއަރީ 2022

14 ފެބުރުވަރީ 2022
ހޯދާ