ދިވެހިރާއްޖެ
މިކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ މިސްކިތްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ޗުއްޓީ އާއި ސަލާމް ނެންގެވުމުން ވަގުތީ ގޮތުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލަށް ،ވޭޖް އުސޫލުން މުވައްޒަފުން ، ހޯދަން ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމު :
މަސައްކަތު
ބޭނުންވާ ޢަދަދު :
3 ( ތިނެއް )
ވަޒީފާ އަދާކުރަން ޖެހޭ ތަން :
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
މަސްޖިދުލް ތަޤްވާ އަދި މަސްޖިދުލް އީސާރީ
ވަޒީފާ އަދާކުރާ ވަގުތު :
ދުވާލަކު 05 ގަޑިއިރު.
އަސާސީ މުސާރ :
މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/46.67 ( ސާޅީސްހަ ރުފިޔާ ފަސްދޮޅަށް ހަތްލާރި ).
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1. މިސްކިތުގެ އިންފާރު ބޭރާއި ، ގޯތިތެރެ ކުނިކަހައި ސާފުކުރުން.
2. މިސްކިތު އެތެރެ ފޮޅައި ސާފުކުރުން.
3. އިސްކުރުބަރިއާއި ފާޚާނާ ދޮވެ ސާފުކުރުން.
4. މިސްކިތާއި ގުޅުންހުރި ކައުންސިލުން ދައްކާ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް :
1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން.
3. އުމުރުން 60 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި :
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 22 ފެބްރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިޢިދާރާގެ އީ މެއިލް އެޑްރެހަށް ( [email protected] ) މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660657 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
13 ރަޖަބް 1443
14 ފެބްރުއަރީ 2022