އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                                       ނަންބަރު: (IUL)345/345/2022/25

އިޢުލާން

 އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

         މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީކުރުމާއި ބިޑް ހުށަހެޅުން:

               ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 20 ފެބްރުވަރީ 2022 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 13:00 އާއި ދެމެދުއެވެ. އީމެއިލް އަދި ކައުންސިލަށް ގުޅައިގެން ބިޑް ރަޖިސްޓަރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތާބެހޭ މައުލޫމާތު ޝީޓް ބިޑް ރަޖިސްޓަރީކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބީލަމާ ގުޅޭ އެންމެހާ މަޢުލޫމާތު ސާފުކުރުމަކީ  ބިޑް ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމުގައި ދެންނެވީމެވެ.

ބިޑް ހުޅުވުން:

              މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި "އއ. މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން" ޖަހާފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

               މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

14 ފެބުރުވަރީ 2022
ހޯދާ