އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
	ފާއިތުވެދިޔަ އަހަރު ކައުންސިލު ހިނގާ ދިޔަގޮތާއި، 2022 ވަނަ އަހަރަށް ކައުންސިލުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާކުރުމާއި ގުޅޭ:
                                2021 ވަނަ އަހަރުކައުންސިލު ހިނގާދިޔަ ގޮތާއި، ހިންގުނު ޕްރޮގްރާމްތަކާއި، އަދި 2022 ވަނަ އަހަރަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:30 ގައި އުކުޅަހު ކޮންވެންޝަން ސެންޓަރ ގައި އޮންނާނެއެވެ.
މިބައްދަލުވުމުގައި ކައުންސިލުން މަޢުލޫމާތު ދިނުމަށްފަހު ކައުންސިލާއި ސުވާލުކުރުމުގެ ފުރުޞަތު ރައްޔިތުނަށް ހުޅުވާލެވޭނެއެވެ. އެހެންކަމުން މިބައްދަލުވުމަށް ވަޑައިގަތުމަށް އެންމެހާ ރައްޔިތުނަށް ދަޢުވަތު އަރުވަމެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
             14 ފެބުރުވަރީ 2022
            
        
                    ހޯދާ  
                
                