އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

                                                      ނަންބަރު: (IUL)345/345/2022/24

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު:

އއ.މާޅޮހު މަސްޖިދުލް ފަލާޙް ގޯތިތެރޭގައި ފާޚާނާ އަކާ ވުޟޫކުރާ ތަނެއް ހެދުމަށް ބޭނުންވެއްޖެ.

މަސްޖިދުލް ފަލާޙް ގޯތިތެރޭގައި ފާޚާނާއަކާ ވުޟޫކުރާ ތަނެއް ހެދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އއ.މާޅޮހު މަސްޖިދުލް ފަލާޙް ގޯތިތެރޭގައިގައި ފާޚާނާ އަކާ ވުޟޫކުރާ ތަނެއް ހެދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 21 ފެބްރުއަރީ 2022 ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން، ނުވަތަ މި އިދާރާގެ ނަންބަރު 6660059 އަށް ގުޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 21 ފެބްރުއަރީ 2022 ހޯމަ ދުވަހުގެ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 10:30ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

14 ފެބުރުވަރީ 2022
ހޯދާ