ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކުނުދޫ މަސްމާރުކޭޓު ކުއްޔަށް ދޫކުރުން

މަކުނުދޫ މަސްމާރުކޭޓްގެ އިމާރާތް ދިގުމުއްދަތައް ކުއްޔަށް ދޫކޮށްލުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަދު ހުޅުވާލަމެވެ. މި ބީލަމާ ގުލޭ މަޢުލޫމާތާއި "މަކުނުދޫ މަސްމާރުކޭޓް ކުއްޔަށް ދިނުމުގެ އުޞޫލް" މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 13 ފެބްރުވަރީ 2022 ން 21 ފެބްރުވަރީ 2022 ގެ  11:00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމަށްޓަކާ ބޭއްވޭ ޕްރީ ބިޑް މީޓިންގް އޮންނާނެ ތަނާއި ތާރީޚް

  • ތަން:  ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
  • ތާރީޚް: 16 ފެބްރުވަރީ 2022
  • ދުވަސް:  ބުދަ
  • ގަޑި: 11:00

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ފެބްރުވަރީ 2022 ވަނަ ދުވަހުގެކުރިން މި އިޢުލާމުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

13 ފެބުރުވަރީ 2022
ހޯދާ