ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ޓޮޕްގުރަފިކް ސާރވޭ ހެދުމާއި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް

ނަންބަރ: IUL)244-ESMSMS/244/2022/4

އިޢުލާން

ހއ. ތުރާކުނުގައި މިހާރު ބޭނުންކުރަމުންދާ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ޓޮޕްގުރަފިކް ސާރވޭ ހެދުމާއި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރު: IUL)244-ESMSMS/244/2021/105 (28 ޑިސެމްބަރ 2021) އިޢުލާން ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އާއި ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެޢިލާން ބާތިލްކުރުމަށްފަހު ދެވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 21 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected]  އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ ބީލަން ފޮތް ގެޒެޓް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 21 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހު މެންދުރުފަހު 13:30 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

13 ފެބުރުވަރީ 2022
ހޯދާ