ދިވެހިރާއްޖެ
އިޢުލާން
މ. ރަތްމަންދޫ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެހާ ސާމްޕަލްތައް މ. ދިއަގަރު ޞިއްޙީ މަރުކަޒަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުން
މ.ރަތްމަންދޫ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް މ. ދިއަގަރު ޞިއްޙީ މަރުކަޒަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:30އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ފެބްރުވަރީ 2022ވާ އާދީއްތަ ދުވަހުގެ 13:30އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މައުލޫމާތް ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ވާހަކައާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720053 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
