ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް ރެޕްރެޒެންޓޭޓިވް

މަޤާމް :އެސިސްޓެންޓް ކަސްޓަމަރ ސަރވިސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު                              

މަޤާމް

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް ރެޕްރެޒެންޓޭޓިވް

އަސާސީ މުސާރަ

-/5,000 ރުފިޔާ

އެލަވަންސްތައް:

-/2,520 ރުފިޔާ

މަޤާމުގެ ރޭންކް

އޭ.އެސް 9

ބޭނުންވާ ޢަދަދު:

03

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޕީއެސްއެމް ކަނެކްޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ މަތީ ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕީ.އެސް.އެމް ކަނެކްޓްގެ ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުން، އެގޮތުން ކަސްޓަމަރުން ކްލެއަންޓުން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމުގައި އެ ބޭނުންވާ މައުލޫމާތުތައް ބަލައި ހޯދައި އެ މައުލޫމާތުތައް ކަސްޓަމަރަށް ފޯރުކޮށްދިނުން.
  • ކަސްޓަމަރުން / ކްލެއަންޓުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުން، އެގޮތުން މައްސަލަތައް ރަނގަޅަށް ސާފުކޮށް، އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެމައްސަލަ ހައްލު ކުރެވޭނެ ގޮތްތަކާއި އެކަމުގެ އަލްޓަނޭޓިވްސް ހޯދުމާއެކު، އެ މައްސަލަތައް ހައްލުކުރުމާއި، ހައްލުނުކުރެވޭ މައްސަލަތައް ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނައުން.
  • ކަސްޓަމަރ ސަރވިސް ސެންޓަރަށް ލިޔުމުން ހުށައަޅާ ރިކުއެސްޓްތައް ބަލައި ޖަވާބުދާރީވާންޖެހޭ ކަންތައްތަކަށް ސުޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ދިނުން
  • މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް އެ ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވޭނޭ އިންތިޒާމެއް ހަމަޖައްސައި އެ މައުލޫމާތު ފޯރުކޮށްދެއްވިއްޖެކަން ކަށަވަރު ކުރުން.
  • ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނަ ކަސްޓަމަރުން އަދި ކަސްޓަމަރުންގެ ރިކުއެސްޓްތައް ނުވަތަ ހުށަހަޅާ މައްސަލަތަކުގެ ރެކޯރޑްސް އަދި ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޕީއެސްއެމްގެ ކަނެކްޓްގެ އެއްވެސް ޙިދުމަތަކަށް (ސަބްސްކްރިޕްޝަން ކޭޝް ޕޭމަންޓްސް) ފައިސާއިން ދެއްކުމަށް އަންނަ ކަސްޓަމަރުންގެ ޕޭމަންޓްސްތައް ނެގުން.
  • ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ ފެންވަރު ރަނގަޅު، އެ ފަރާތުން ބަލައިގަންނަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
  • ޕީ.އެސް.އެމް ކަނެކްޓް އެޕްލިކޭޝަންގެ ޗެނަލްތަށް ބަލައި މޮނިޓާރ ކުރުން، އެޕްލިކޭޝަން އަދި ޗެނަލް ތަކުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ރަނގަޅުކުރަން އަންގަންޖެހޭ ފަރާތަކަށް އެންގުން
  • ޕީ.އެސް.އެމް ކަނެކްޓްގެ ޗެނަލްތަކުގެ އީޕީޖީ (ވީކްލީ އަދި ޑެއިލީ) ފައިލް ތައްޔާރުކުރުމާއި، އަދި އެފައިލްތައް ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން،
  • ޕީއެސްއެމް ކަނެކްޓް މާރކެޓްކުރުމަށް ބޭއްވޭ އެކިއެކި އިވެންޓްތަކުގައި އަމަލީގޮތުން ބައިވެރިވެ ކަނެކްޓް ޕްރޮމޯޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އެމުވައްޒަފަކަށް ކަޑައެޅިފައިވާ ޑިއުޓީތަކަށް ނުކުތުމާއި، އެ ޑިއުޓީތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކުރުމަށް ގެންދިއުމާ އޮފީހުގެ މުހިންމު މަސައްކަތްތައް އެންގުމުން ޒިންމާދާރު ކަމާއެކު އެމަސައްކަތްތަށް ކުރުމަށް ގެންދިއުން.
  • ޑިއުޓީ ނިމޭއިރު ނުނިމި ހުންނަ މަސައްކަތްތައް، ޑިއުޓީ އާއި ހަވާލުވާން އަންނަ މުވައްޒަފަކަށް ރަނގަޅަށް ކިޔައިދީ ހަވާލުކުރުން، އަދި  ނިމުނު މަސައްކަތްތައްވެސް ކިޔައިދިނުން.
  • ތަނުގެ ސިއްރުތައް ހިފެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރަން މަސައްކަތްކުރުމާއި، މަސައްކަތައް ބުރޫ އަރާފާނެ އެއްވެސް ކަމެއް ނުކުރުމާއި ޑިޕާޓްމަންޓް ސާފުކޮށްބޭއްވުމަށް އިސްކަންދިނުން.
  • ލޯލް ސެންޓަރ ޑިއުޓީއަށް، އެޝިޕްޓެއްގެ ޑިއުޓީ ސްޓާފްއަށް ހާޒިރުނުވެވޭ ހަލާތުގައި، ޑިއުޓީ ނިމޭ މުވައްޒަފަކު ނުވަތަ އޮފް ޑޭ ގައި  ހުންނަ މުވައްޒަފަކު ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ޑިއުޓީއަށް ނުކުމެ ކޯލް ސެންޓަރގެ ޑިއުޓީ އަދާކުރުން (އޮފް ޑޭ އެހެން ދުވަހަކަށް ބަދަލު ކޮށްދެވޭނެ).
  • މީގެ އިތުރުން ޑިޕާޓްމަންޓް ހިންގަވަން ހުންނަވާ ވެރިޔަކު ނުވަތަ ސުޕަވައިޒަރަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
  • ކުންފުނީގެ ފަރާތުން އަންގާ އެކިއެކި އެންގުންތަކާއި ގަވާއިދުތަކާއި ނުވަތަ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                        12 ރަޖަބް 1443

 

13 ފެބުރުވަރީ 2022
ހޯދާ