ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން
ހައްދުންމަތީ މާބައިދޫގެ ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއްގެގޮތުގައި ކަނޑައަޅާ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި -/3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 03 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް.
- ފަރުމާކުރެވޭ ލޯގޯ އިން ލ. މާބައިދޫގެ އާދަކާދައާއި ޡަޤާފަތާއި ރަށުގެ ތާރީޚާއި ރަށަށް ޚާއްސަ ބައެއް ކަންކަން ރަމްޒުކޮށްދޭން ވާނެއެވެ.
- ލޯގޯ ފަރުމާކުރުމުގައި ބޭނުން ކުރަންވާނީ ރަށާއި ގުޅުންހުރި، ރަށް ނުވަތަ ރަށުގެ ޚާއްސަކަމެއް ރަމްޒުކޮށްދޭ ކުލަތަކެވެ. އަދި ލޯގޯގައި ބޭނުންކުރާ ހުރިހާ ކުލައެއްގެ ކުލަ ކޯޑުތައްވެސް ހުށަހަޅަންވާނެއެވެ.
- ފަރުމާކުރެވޭ ލޯގޯއަކީ އިތުރު އެހެން ފަރާތަކުން ބޭނުންކުރާ ލޯގޯއެއް ކަމުގައި ވެގެންނުވާނެއެވެ.
- ފަރުމާކުރާ ލޯގޯއަކީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ޕާރޓީއެއް ރަމްޒުކޮށްދޭ ނުވަތަ ސިޔާސީ ވަކި ޙަރަކާތެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވެގެންނުވާނެއެވެ.
- ފަރުމާ ކުރާ ލޯގޯ ގެ ބައިތަކުން ރަމްޒުކޮށްދޭ ކަންކަން ވަކިން ބަޔާންކޮށް ކުރެހުމާއިއެކު ހުށަހަޅަންވާނެއެވެ.
12 ރަޖަބު 1443
13 ފެބްރުވަރީ 2022
13 ފެބުރުވަރީ 2022
ހޯދާ