ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/16 :ނަންބަރ
މި ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ ފެއަރ ތަކާއި އަދި ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނެ ޕްރޮމޯޝަނަލް މެޓީރިއަލްސް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ތިރީގައި އެވަނީއެވެ.
- ނޯޓު ފޮތް – 4500
- ސްޓްރެސް ބޯޅަ – 7000
- ކޮފީ މަގު - 2000
- ފޮތި ކޮތަޅު - 5000
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
09 ރަޖަބު 1443
10 ފެބްރުއަރީ 2022