ދިވެހިރާއްޖެ
(IUL)196-C/1/2022/09 :ނަންބަރު
އިޢުލާން
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއޮފީހުގައި ޕާޓިޝަންޖަހައި، ކަރަންޓު ވަޔަރު ކުރުމާއި ނެޓްވޯކް އަޅާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)196-C/1/2022/09 (24 ޖަނަވަރީ 2022) އިޢުލާނާ ގުޅިގެން މިމަސައްކޮށްދިނުމަށް އެކަށީގެންވާ އަގެއް ލިބިފައިނުވާތީ، އެ ޢިއުލާން ބާޠިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- ބީލަމުގައި ރެޖިސްޓަރީވުން: 17 ފެބުރުވަރީ 2022، 10:00 ގެ ކުރިން
- މަޢުލޫމާތު ދިނުން: 17 ފެބުރުވަރީ 2022، 14:00 ގައި
- ބީލަން ހުށަހެޅުމާއި ހުޅުވުން: 01 މާރިޗު 2022، 11:00 އަށް
- ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމައްފަހު، މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.