ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ބޭނުންކޮށްފައިވާ ލިފްޓެއްގެ ބައިތައް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާނު

މި އޮފީހުގައި ބޭނުންކޮށްފައިވާ ލިފްޓެއްގެ ބައިތައް ސިޓީލާ ނީލަމުގައި ވިއްކާލުން

މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2022/7 އިޢުލާނުގައިވާ ގޮތުގެމަތިން، މި އޮފީހުގައި ބޭނުންކޮށްފައިވާ ލިފްޓެއްގެ ބައިތައް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، މިތަކެތި އަލުން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ލިފްޓުގެ ބައިތައް ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، އެ ނީލަމަކަށް ކަނޑައަޅާފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް ފައިސާ ނުދައްކާ ފަރާތްތަކަށް މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 2022/1

ތަކެތީގެ މަޢުލޫމާތު: އޯޓިސް ބްރޭންޑްގެ ލިފްޓުގެ ބައިތައް

ބޭނުންކުރެވުނު މުއްދަތު: 18 އަހަރު

ނީލަން ފެށޭއަގު: 61,438.30 (ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ތިރީސް އަށް ރުފިޔާ ތިރީސް ލާރި)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1,000.00 (އެއްހާސް ރުފިޔާ)

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިތަކެތި ބަލާލުމުގެ އިންތިޒާމު ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް އަމީނީމަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގު ހުށަހަޅާފޯމު ލާ ފޮށި 13 ފެބުރުވަރީ 2022 ން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 3336221 އަދި މޯބައިލް 7994339 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

9 ރަޖަބު 1443

10 ފެބުރުވަރީ 2022
ހޯދާ