ދިވެހިރާއްޖެ
1443ވަނަ އަހަރުގެ ރަމަޟާންމަހު އޮޅުވެލިފުށި ކައުންސިލުން ކަނޑައަޅާ އޮޅުވެލިފުށި މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙް ނަމާދު އިމާމްވެ ޙިފްޡުކޮށް ކުރުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ފެބުރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއެކު ލިޔުމަކުން މެއިލްއަށް ނުވަތަ މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ މިއިދާރާގެ މެއިލް: [email protected] އަށެވެ. ޙާފިޡު ގެންނަފަރާތުން ތިރީގައިދަންނަވަފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
v ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން
v ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން
v ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން
v ޙާފިޡު ކަރަންޓީނުކުރުމުގެ އިންތިޒާމް ހަމަޖެއްސުން
v ރަމަޟާން މަސް ނިމުމުން، ޙާފިޡު އަނބުރައި މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން
v ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތައް ދިނުން
v ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން
v ޙާފިޡަށް މޯބައިލް ސިމް ފޯރުކޮށްދިނުން
މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2022/7 އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6620075 ފޯނާ ގުޅުއްވުން އެދެމެވެ.