ދިވެހިރާއްޖެ
މިއިދާރާއިން ކޮއްފައިވާ އިއުލާން ނަންބަރ (IUL)371-ESMSPL/371/2022/15 (31 ޖަނަވަރީ 2022) ގެ އިއުލާން (ފ.ބިލެތްދޫ ކައުންސިލަށް ބީލަމުގައި ޕިކަޕެއް ހޯދުމަށް) ކޮއްފައިވާ އިޢުލާނުގެ މަޢުލޫމަތަށް ބަދަލެއް ގެނައުމަށް ބޭނުންވާތީވެ އެޢިއުލާން ބާތިލްކޮއް އަލުން ޢިއުލާން ކުރަމެވެ.
މިކައުންސިލަށް ބީލަމުގައި ޕިކަޕެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ، ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުން 20 ފެބުރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 02 މާރިޗް 2022 ވާ ބުދަ ދުވަހުގެ މެންދުރު 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ މިއިދާރާގައި ނަންނޯޓް ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ދިނުމުގެ ޝެޝަން ގައި ބައިވެރި ވުމަށް -/500ރ (ފައްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައި ގަތުމާއި ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 10 ފެބުރުއަރީ 2022 އިން 17 ފެބުރުއަރީ 2022 އަށް ބަނދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް މި ކައުންސިލް އިންނެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ބިލެތްދޫ ކައުންސިލަށް ޕިކަޕެއް ހޯދުމަށް އެދި ހުށައަޅާ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ބީލަންހުށަހަޅާފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާރޑް ކޮޕީ ހުށަހަޅަން ވާނެއެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް
- މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު