މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނަރސް (ވަގުތީ)

އިޢުލާނު

މި މިނިސްޓްރީގެ ނަންބަރު (IUL)459-HR/1/2022/4 އިޢުލަން ބާޠިމލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

 

މަޤާމު:

ނަރސް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން 31 ޑިސެންބަރު 2022ގެ ނިޔަލަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފިޔަވަތީގައި ތިބޭ ކުދިންގެ ސިއްޙީހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކުދިންގެ ސިއްޙީ ހާލަތު ދެނެގަތުން. އަދި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ފާހަގަކޮށް ސުޕަވައިޒަރުންނާއި، ކޭސްވާރކަރުންނަށް އިރުޝާދު ދިނުން.
  • ކުދިންނަށް ދިމާވާ ސިއްޙީ މައްސަތައް ފާހަގަކޮށް އިތުރު ފަރުވާ ބޭނުންވާ ކުދިން ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ސުޕަވައިޒަރުން މެދުވެރިކޮށް ކުރުން.                             
  • •ދުވަހުން ދުވަހަށް ކުދިންނަށް ދޭންޖެހޭ ބޭސް ގަވާއިދުން ދިނުމަށް ކުދިން ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ގަވާއިދުން ބޭސް ދެމުން ދޭތޯ ބަލާ ޗެކްކުރުން.
  • ސިއްޙީ ގޮތުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ފާހަގަކޮށް އެކުދިންގެ ހާލަތު އަވަސްއަވަހަށް މޮނިޓަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އަދި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތަކަށް ކުއްޖަކު ގޮސްފިނަމަ ލަސްނުކޮށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުން.
  • ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ކުދިން ކައިރިއަށް ޒިޔާރަތްކޮށް ޑިސްޗާޖް ކުރުމުގެ ކުރިން ހާލަތު އޮޅުން ފިލުވުން. އަދި ޑިސްޗާޖް ކުރުމުން ޑިސްޗާރޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރާއި، ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ހޮސްޕިޓަލުން އަލަށް ފިޔަވައްޗަށް ގެނެވޭ ކުދިންގެ މެޑިކަލް ހިސްޓްރީއާއި ޑިސްޗާޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރުންނާއި ކޭސްވާރކަރުންނަށް އިރުޝާދު ދިނުން.
  • ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ފިޔަވަތީގެ ކުއްޖަކަށް ޖެހިއްޖެނަމަ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަތީގެ މެނޭޖްމަންޓާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ވެކްސިން ދޭންޖެހޭ އުމުރުގެ ކުދިންނަށް ގަވާއިދުން ވެކްސިން ދީ ރެކޯޑް ބެލެހެއްޓުން.
  • ރާއްޖެއިން ބޭރަށް ފަރުވާހޯދަން ގެންދަންޖެހޭ ކުދިންގެ މެޑިކަލް ޑޮކިއުމަންޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް ހިއްސާކޮށް އެކުދިންގެ ފަރުވާ ކުރިއަށް ގެންދާގޮތް މޮނީޓަރކުރުން. އަދި އެފަދަ ކުދިންނާއެކު ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުން ދިއުން.
  • ކުދިން ޑޮކްޓަރަށް ދައްކަންގެންދިއުމާއި، ކުދިންގެ ބޭސް ފަރުވާ ކުރުމުގައި ދެވިފައިވާ އިރުޝާދާއިއެއްގޮތަށް ކުދިން ބަލަހއްޓާ މުވައްޒަފުން ޢަމަލުކުރަމުންދާކަން ޔަޤީންކުރުން.                              
  • ހެލްތް އެޑިއުކޭޝަން ޕްރޮގްރާމުތައް ރާވާހިނގަން އެހީތެރިވެދިނުން.
  • ޞިއްޙީ ގޮތުން ކުދިންނަށާއި ކުދިންބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ސެޝަންތައް ނަގައިދިނުން.
  • މަހަކު އެއްފަހަރު ހުރިހާ ކުދިން ހެދިބޮޑުވާގޮތް (ބަރުދަން، އިސްކޮޅު) ބަލާ ރެކޯޑްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު:

ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އިތުރު އެލަވަންސް

ޕެންޝަން %7

ޖުމްލަ

މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދާއިރާއިން ޖުމްލަ 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

8000.00

3500.00

8000.00

560.00

18940.00

މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދާއިރާއިން ޖުމްލަ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

7500.00

3500.00

7000.00

525.00

17475.00

މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދާއިރާއިން ޖުމްލަ 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

7000.00

3500.00

6000.00

490.00

16010.00

މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ދާއިރާއިން ޖުމްލަ 1 އަހަރާއި 5 އަހަރާއި ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

6500.00

3500.00

5000.00

455.00

14545.00

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނަރސިން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ނަރސިން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  17 ފެބްރުވަރީ 2022 ގެ 13:00 ގެ ކުރިން،

 ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ 20 ފެބްރުވަރީ 2022 އާއި 20 މާރިޗު 2022 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މ.ސީޓްރެކް ބިލްޑިން، 7 ވަނަ ފަންގިފިލާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 ރަޖަބު 1443

10 ފެބްރުވަރީ 2022

10 ފެބުރުވަރީ 2022
ހޯދާ