ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 މާރިޗު 2022 14:27 ގައި ބާތިލް ކުރެވިފައެވެ.
އައިޔޫއެމް ހޯލްޑިންގްސްއިން ހަނިމާދޫގައި ވިޔަފާރީ ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް ބޭނުންވެއްޖެ
އިއުލާން ނަންބަރު: IUMH-AD/I/2022/18
އިޢުލާން
އައިޔޫއެމް ހޯލްޑިންގްސްއިން ހދ. ހަނިމާދޫގައި ވިޔަފާރީ ކުރުމަށްޓަކައި ހަދާ ނިންމާފައިހުރި ތަނެއް 5 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެއެވެ.
ވީމާ މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އައިޔޫއެމް ހަނިމާދޫ ލަރނިންގ ސެންޓަރަށް ނުވަތަ [email protected] އަށް ޝައުގުވެރިކަން ފާޅުކޮށް ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ.
ހުށަހެޅުމުގައި ހިމަނަންޖެހޭ ލިޔެކިޔުންތައް:
- 5 އަހަރު ދުވަހަށް، މަހުން މަހަށް ހުށަހަޅާ އަގުގެ ތަފްސީލް
- ތަނުގެ ރެޖިސްޓްރީ ކޮޕީ
- ތަނުގެ ވެރިފަރާތް އެނގޭ ލިޔުމެއް
- ތަނުގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަނުގެ އޭރިއާ / ބޮޑުމިން
- ތަނުގެ ކުރެހުމާއި ފޮޓޯ
ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ހެނދުނު 09:00 އާއި މެންދުރު14:00 ދެމެދު 7999854 އަށް ގުޅުއްވުން އެދެމެވެ.
10 ފެބްރުއަރީ 2022