މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގައި ކުއްޔަށް ދޫކުރުމަށް ޤާއިމްކުރެވިފައިވާ ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމާއި ގުޅޭ.

                މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްޤީކޮށްފައިވާ  ޕާކިންގ ސްލޮޓްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން، އެކަމަށް ޤާއިމްކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕާކިންގ ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޙާއްސަ ސްލޮޓްތައް ހިމެނޭނެއެވެ. ޤާއިމު ކުރެވިފައިވާ ޕާކިންގ ސްލޮޓުތަކުގެ ތެރެއިން %25 ( ފަންސަވީސް ޕަސެންޓް ) ޙާއްސަކުރެވިފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެއެވެ. މި ހުޅުވާލެވޭ ފުރުޞަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީ ކުރުން ނުހިމެނެއެވެ.

                ވީމާ، ކުލިދައްކައިގެން ޕާކް ކުރުމަށް ޖާގައަށް އެދިލައްވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރ ކޮށް، ބޭނުންވާ ތިން އޮޕްޝަނަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އޮންލައިން ޕޯޓަލް ގެ ލިންކް އަވަސް ފުރުސަތެއްގެ ތެރޭގައި އާންމު ކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2022
ހޯދާ