އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ހިފުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ދިވެހިރާއްޖެ.

ނަންބަރު: (IUL)353/353/2022/3

 

އިޢުލާނު

 

 

 

ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން ތިބޭނެ ތަނެއް ހޯދުން

   މިރަށުގައި އަލަށް ޢިމާރާތްކުރާ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބިދޭސީ ހިޔާ ނަގައި، އެބިން ސާފުކުރުމަށް ބޭނުންވާތީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ވަގުތީގޮތުން ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، އެފަދަ ތަނެއް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން 15 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއާއި މަޝްވަރާކުރެއްވުން އެދެމެވެ.

ކުއްޔަށް ހިފާނެ ތަނެއް ނިންމާނީ އެފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވެ، މަޝްވަރާ ކުރާފަރާތްތަކުން ހުށަހަޅާ ތަންތަން ކައުންސިލް އިދާރާގެ ފަރާތުން ބަލާ ޗެކްކުރުމަށްފަހު، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ. މިގޮތުން އެކަށީގެންވާ ތަނެއް، އެކަށީގެންވާ ކުއްޔަކަށް ދެފަރާތުން އެއްބަސްވެވިއްޖެނަމަ، އެއްފަރާތުން ހުށަހެޅިނަމަވެސް އަލުން އިޢުލާނު ކުރުމަކާނުލައި، ތަނެއް ކުއްޔަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

   8 ރަޖަބް 1443

   9 ފެބްރުއަރީ 2022

(ސޮއި)

އިބްރާހީމް ޢުޘްމާން

ކައުންސިލްގެ ރައީސް

09 ފެބުރުވަރީ 2022
ހޯދާ