ދިވެހިރާއްޖެ
އިޢުލާން |
|
ނަންބަރު: IUL)475-Schol/475/2022/30) |
ތާރީޚް: 09 ފެބުރުވަރީ 2022 |
Joint Japan World Bank Graduate Scholarship 2022 |
|
ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިންސާނީ ވަސީލައް ތަރައްޤީކުރުމަށް ޖަޕާން ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ، ޕްރޮގްރާމް ގައި ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަށް މި މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނެވެ.
މި ސްކޮލަރޝިޕަށް އެޕްލިކޭޝަން 2 ބުރަކަށް ހުށަހެޅޭނެކަމަށް އިންތިޒާމްކުރައްވާ ފަރާތުން ވަނީ އަންގާފައެވެ. އެހެންކަމުން ތިރީގައިވާ ޓައިމްލައިން އިން ކޮންމެވެސް އެއް ޓައިމްލައިނަކަށް ދަރިވަރަށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.
ޓައިމްލައިން 1 17 ޖަނަވަރީ އިން 28 ފެބުރުވަރީ 2022 ،12:00 (Application Window #1) ޓައިމްލައިން 2 29 މާރިޗު އިން 27 މޭއި 2022 ، 12:00 (Application Window #2)
މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ. https://www.worldbank.org/en/programs/scholarships#3
............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |