ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އޮލިމްޕަސް ޕްރޮޖެކްޓަށް ކޮންސަލްޓަންޓަކު ހޯދުމަށް

އޮލިމްޕަސް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ އިމާރާތްކުރުމާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓްންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ޓަރމްސް އޮފް ރެފަރެންސްގައިވާ          ގޮތުގެ މަތިން ބިޑް ހުށަހެޅުއްވުން އެދެމެވެ.

 ޓަރމްސް އޮފް ރެފަރެންސް

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާ އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު، އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައިވާ ގޮތުގެމަތިން ހުށަހެޅުއްވުން އެދެމެވެ.

ހުށަހެޅުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

09 ފެބުރުވަރީ 2022
ހޯދާ