ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

                                                                                                                                         އިޢުލާން ނަމްބަރ:  (IUL)423/INDIV/2022/8 

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން 17 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހު 13:30 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ފެބުރުއަރީ 2022  ވާ ހޯމަ ދުވަހު 13:30 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ބަނދަރުމަތީގައި ކަރަންޓް ފޮށިތައް ބެހެއްޓުމާއި ގުޅޭ "މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މިމަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު ފޯމުގައިވާ މަޢޫލޫމާތާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                 08 ރަޖަދު 1443

                                 09 ފެބުރުއަރީ 2022

 

 

 

                                                                                                                                                               އަޙުމަދު އިމްތިޔާޒް

                                                                                                                                                               ކައުންސިލް ރައީސް

 

09 ފެބުރުވަރީ 2022
ހޯދާ