ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިމިނިސްޓްރީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ބޭނުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަނާ އެއްގޮތް ތަކެތި ސަޕްލައި ކޮށްދިނުމަށް 14 އެޕްރީލް 2014ވި ދުވަހު ކުރެވުނު އިއުލާން ނަންބަރު: (IUL)438-PPIRS/1/2014/24 ގެ ސްކޯޕް ބަދަލުވުމާގުޅިގެން، ލިބިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3018300 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ހުށަހަޅަންވީ ތަކެތި:
-
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ސަޕްލައިކޮށްދެވޭނެ އަގު:
-
ސަޕްލައިކޮށްދެވޭނެ މުއްދަތު:
-
ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
-
ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
-
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.
ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 70 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70
މުއްދަތު: 15 ޕޮއިންޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ސަޕްލައިކޮށްދެވޭނެ މުއްދަތު / ހުށަހެޅި މުއްދަތު 15
ތަޖުރިބާ: 15 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
ސްޕެސިފިކޭޝަން
SPECIFICATIONS BY ITEM ITEM 1: Portable recovery machine (220-240 V/50Hz) for HCFC/ HFC refrigerants with automatic shut-off (overfill protection) suitable for commercial, light industrial, and residential appliances.(Total Quantity: 10)
- 1 set of 12 in-line filter - 1 tube piercing plier & one piercing valve - 2 spare gauges (one pressure and other compound)
ITEM 2: Refrigerant recovery cylinder 30 lb.(Total Quantity: 20)
ITEM 3: Same as ITEM 2 but 50 lbs (Total Quantity: 10) ITEM 4: Servicing toolbox (in a carrying case) including: (Total Quantity: 10)
ITEM 5:Refrigerant recovery kit (Total Quantity: 10)
ITEM 6: Two-stage rotary vacuum pump (220-240 V/50Hz) (Total Quantity: 10)
|
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
މިމިނިސްޓްރީ ގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ބޭނުމަށް ތަކެތި ސަޕްލައި ކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-PPIRS/438/2014/99
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
-
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
-
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 ނަންބަރު ފޯނަށެވެ.
-
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
-
ހަނދުވަރީ ހިނގުން، މާފަންނު
-
މާލެ، 20392
-
ދިވެހިރާއްޖެ.
މި އިޢުލާން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ވެބްސައިޓް www.environment.gov.mv އިން ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.