ދިވެހިރާއްޖެ
1.5ޓަނޭޖްގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
މިއިދާރާއިން ކުރިއަށް ގެންދާ ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށްޓަކައި 1.5ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.
ޕިކަޕް ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ، މަޢްލޫމާތު ދިނުމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 17 ފެބްރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މިއިދާރާގައެވެ.
ވީމާ، މިއިދާރާއަށް ޕިކަޕެއް ވިއްކެވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 16 ފެބްރުއަރީ 2022ވާ ބުދަ ދުވަހުގެ 14:00ގެ ކުރީން މިއިދާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޮނުއްވާނީ [email protected] އަށެވެ. ބިޑް ހުށަހެޅުން އޮންނާނީ 23 ފެބްރުއަރީ 2022ވާ ބުދަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ.
ބިޑް ރަޖިސްޓްރީކުރުމަށް ފޮނުއްވާ ލިޔުމުގައި މިދަންނަވާ މަޢްލޫމާތު ހިމަނަންވާނެއެވެ.
1- ޙަވާލާދޭ އިޢްލާން ނަމްބަރު (މެއިލް އިން ފޮނުއްވާ ނަމަ "ސަބްޖެކްޓް" ގައި އިޢްލާން ނަމްބަރު ޖެއްސެވުން)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަމްބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު
6- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޑިޓީ ކާޑުގެ ސާފު ފޮޓޯ ކޮޕީ ފޮނުއްވަންވާނެއެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.
(IUL)328-RM/INDIV/2022/06