ދިވެހިރާއްޖެ
ނަންބަރު: (IUL)247-CA/247/2022/15
އިޢުލާން
ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިޔުންނާއި ބައްދަލު ކުރުމާއި ގުޅޭ:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ރަށުކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފެބްރުއަރީ މަހު ބޭއްވުމަށް ލާޒިމްކުރާ ޢާންމު ބައްދަލުވުން 2022 ފެބްރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، ރަށުކައުންސިލުން ރަށުގެ އިޢްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ. މި ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު ޢާންމުކުރެވިފައި ވާނެއެވެ.
ބައްދަލުވުން އޮންނަ ތާރީޚް: 19 ފެބުރުއަރީ 2022 (ހޮނިހިރު)
ތަން: އޯކިޑްވިލާ (ރަށްވެހިގެ)
ފަށާ ގަޑި: 20:30 (ރޭގަނޑު)
ނިންމާ ގަޑި: 21:30
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
08 ރަޖަބް 1443
09 ފެބުރުއަރީ 2022
ހޯރަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު: (IUL)247-CA/247/2022/15އިޢުލާނުގައި ބުނެފައިވާ ރަށުކައުންސިލުން ރަށުގެ ރައްޔިތުންނާއި، ބައްދަލުކުރުމަށް ބާއްވާ ޢާއްމު ބައްދަލުވުމުގެ އެޖެންޑާ:
އެޖެންޑާ ނަންބަރު |
އެޖެންޑާ އައިޓަމްގެ ނަން |
01 |
ކީރިތި ޤްރުއާންގެ ބަރަކާތުން ޖަލްސާ ފައްޓަވައިދެއްވުން. |
02 |
މަރުޙަބާ ދެންނެވުމާއި، ތަޢާރަފް ކޮށްދެއްވުން. |
03 |
ހޯރަފުށީ ކައުންސިލްގެ ފާއިތުވެ އަހަރުގެ އަހަރީ ރިޕޯރޓާއި، ކައުންސިލް ނިންމުންތަކުގެ މަޢުލޫމާތު އާއްމުކުރުން |
04 |
2022 ވަނަ އަހަރުގައި ކައުންސިލްއާއި ސަރުކާރާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި، އަދި ކުރުމަށް ރާވާފައިވާކަންކަން ޙިއްސާކޮށް އެކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުން. |
05 |
ރައްޔިތުންގެ ޙިޔާލު ފާޅުކުރުން. |
08 ރަޖަބް 1443
09 ފެބުރުއަރީ 2022