އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިހާރު ބޭނުންކުރަމުންދާ ލޭންޑްސްޕްލޭން ރިވިއު ކުރުމަށް

އިޢުލާން

މިހާރު ބޭނުންކުރަމުންދާ ލޭންޑްސްޕްލޭން ރިވިއު ކުރުމަށް

 

 

 

އަރިއަތޮޅު އުތުރުބުރީ ހިމަންދޫގެ މިހާރު ބޭނުންކުރެވެމުންދާ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ޓޮޕްގުރަފިކް ސާރވޭ ހެދުމާއި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 ފެބްރުއަރީ 2022  ވާ ބުދަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 16 ފެބްރުއަރީ 2022  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 7948087 އަށް ގުޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ފެބުރުވަރީ 2022
ހޯދާ